ފޮތްތަކަކީ ތައުލީމާއި ވިސްނުންތޫނުކަން ބާރުވެރިކުރުވުމުގެ ބިންގާ: މިނިސްޓަރ

4 months ago

އަފްރާހް

ފޮތްތަކަކީ ތައުލީމާއި ވިސްނުންތޫނުކަން ބާރުވެރިކުރުވުމުގެ ބިންގާ ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ފޮތުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރރސިޓީ (އައި.ޔޫ.އެމް) ގައި ބޭއްވި ޑިޖިޓަލް ލައިބްރަރީ އިފްތިތާހް ކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.


ޖޫން 13 ވީ ބުރާސްފަތި ދުވަހު ބޭއްވި މި މި ހަފުލާގައި މިނިސްޓަރ ވަނީ ފޮތްތަކަކީ ތަފާތު ސަޤާފަތްތަކާއި އިންސާނީ ފިކުރާއި ޖަޒުބާތުތައް ދެނެގަތުމަށް އެހީތެރިވެދޭ އެއްޗެއްކަން ވެސް ފާހަގަކުރައްވާފަައެވެ.


އައި.ޔޫ.އެމްގައި އިފްތިތާހު ކުރާ ޑިޖިޓަލް ލައިބްރަރީގެ ސަބަބުން ޔުނިވަރސިޓީގައި ހުރި ފޮތްތަކުގެ އިތުރުން ދުނިޔޭގެ އެކި ދާއިރާތަކުން މަޢުލުމާތު ހޯދުމަށް ދަރިވަރުންނަށް ފަސޭހަވެގެންދާނެކަން ފާހަގަ ކުރައްވައި، މި ޑިޖިޓަލް ލައިބްރަރީއަކީ 21 ވަނަ ގަރުނުގެ ދަރިވަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ފަރުމާކޮއްފައިވާ ޕެލެޓްފޯމެއް ކަމަށް ވެސް ވިދާޅުވިއެވެ.


މީގެ އިތުރުން ޑިޖިޓަލް ޓެކްނޮލޮޖީ އައުމާއެކު މައުލުމާތު ހޯދުމާއި ބޭނުންކުރާ ގޮތްތަކަށް އިންގިލާބީ ބަދަލެއް އައިސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަގާފީ އުގެނުމާއި ޒަމާނީ ޓެކްނޮލޮޖީއާއި ދެމެދު އޮންނަ ފަރަގުކުޑަކޮށް، މި ޑިޖިޓަލް ޒަމާނުގައި ކިޔެވުމުގެ އުފަލާއި، އިލްމަށް ކުރާ ލޯބި ފިލައިގެން ދިޔަނުދިނުމަށް މަސައްކަތްކުރުމަކީ އެންމެންގެ އަމާޒަކަށް ހަދައި އުނގެނުމާއި އުގަންނައި ދިނުމުގައި ދިމާވާ ގޮންޖެހުންތަށް، މިފަދަ ވަސީލަތްތައް ބޭނުންކޮއްގެން ހައްލު ކުރާ ތަނަކަށް މި ޑިޖިޓަލް ލައިބްރަރީ ހެދުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.


މިނިސްޓަރ ވަނީ ބައިނަލްއަގްވާމީ ފޮތުގެ ދުވަހާއި ކުތުބުޚާނާދުވަހުގެ މުނާސަބަތުގައި އެންމެހާ ކިޔުންތެރިނަށާއި ކުތުބުޚާނާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ތަހުނިޔާ ދަންނަވައި އައި.ޔޫ.އެމްގެ އެންމެހައި އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު