އަޟްހާ އީދު ބަންދުގައި ވެސް އާސަންދަ ކައުންޓަރުތަކުން ހިދުމަތް ދޭނެ

4 months ago

އަފްރާހް

އަޟްހާ އީދު ބަންދުގައި ވެސް އާސަންދަ ކައުންޓަރުތަކުން ހިދުމަތް ދޭނެ ކަމުގައި އެ ކުންފުނިން ވިދާޅުވެއްޖެއެވެ.


އާސަންދަ ކުންފުނިން މީޑިއާ އަށް ހާމަކުރެއްވި ބަޔާނެއްގައި ވަނީ އީދު ބަންދުގައި ވެސް އާސަންދަ ކައުންޓަރުތަކަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އަދި އާސަންދަ މޮބައިލް އެޕާއި މައި-އާސަންދަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެޕްލައިކުރެވޭނެ ކަމަށެވެ.


މީގެއިތުރުން އެކުންފުނީގެ ހިދުމަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ އާސަންދަ ހޮޓްލައިން 1400 އަށް ކޮންމެ އިރަކުވެސް ގުޅޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


ޖޫން 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ކައުންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތައް އާންމުކުރައްވަމުން އެ ބަޔާނުގައި ވަނީ ފެން ބިލްޑިންގް ގެ ތިންވަނަ ފަންގިފިލާ ގައި ހުންނަ އާސަންދަ ފްރޮންޓް އޮފީސް ބަންދު ބަންދުވާނެ ކަމަށެވެ.


އެހެންނަމަވެސް އައިޖީއެމްއެޗް ކައުންޓަރުން ހެނދުނު 8 ން ދަންވަރު 12 އަށް، ޓްރީޓޮޕް އަދި އޭޑީކޭ ހޮސްޕިޓަލުގެ ކައުންޓަރު މެންދުރުފަހު 2 ން ރޭގަނޑު 10 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.


މީގެއިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ފ. އަތޮޅު ހޮސްޕިޓަލް ކައުންޓަރު އަދި ހުޅުމާލޭ ހޮސްޕިޓަލުގެ ކައުންޓަރ ހެނދުނު 8 ން ހަވީރު 4 ޖަހަންދެން ހުޅުވާފައިހުންނާނެ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު