ޓްރާންްސްޕޯޓު މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ނިޔާވެއްޖެ

4 months ago

އަފްރާހް

ޓްރާންްސްޕޯޓު މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު، ބާހިޒް ޝަފީގް ނިޔާވެއްޖެއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މީގެ ކުރިން ހިތުގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ބާހިޒު ނިޔާވީ ގޮހޮރުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.


އައްޑު ސިޓީ ފޭދޫއަށް އުފަން ބާހިޒް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ހޮވުމަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތަކުގައި ވެސް އިސް ރޯލެއް އަދާކުރައްވާފައެވެ.


ޓްރާންްސްޕޯޓު މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު މަގާމަށް ބާހިޒް އައްޔަން ކުރެއްވީ ވެސް މި ސަރުކާރުންނެވެ. 


ކިޔުންތެރިންގެ ހިޔާލު