ދައުލަތުގެ ވެހިކަލްތަކެއް ވަގަށް ނެގި މީހާގެ ނަމުގައި 100 އަށްވުރެ ގިނަ ވެހިކަލް

4 months ago

އަފްރާހް

ދައުލަތުގެ ވެހިކަލްތަކެއް ވަގަށް ނެގި މީހާގެ ނަމުގައި 100 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


ޖޫން 13 ވީ ބުރާސްފަތި ދުވަހު އެ އިދާރާ އިން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދައޫދު ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ ކާރާއި އިމިގްރޭޝަންގެ ވެހިކަލެއް ވަގަށް ނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކުރި ކަމަށެވެ.


އޭގެ ތެރެއިން އެކަކަކީ ވެހިކަލް އެތެރެކޮށް ވިއްކާ މީހެއް ކަމަށާއި އެ މީހާގެ ނަން މަތީގައި 100 އަށްވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މިކަމާ ގުޅިގެން ހައްޔަރުކޮށްފައިވަނި ކ. މާލެ މ. މޮޑަންކޮމެންޓް އަހްމަދު ނިޒާމް 43 އަހަރު، އެމްއޭސީއެލްގެ މުވައްޒަފެއް ކަމުގައިވާ މ. ސީނި އަސުރުމާގެ، މުހައްމަދު ހައިޝަމް، 42 އަހަރު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


މި ދެމީހުން ހައްޔަރު ކުރެވި، ބެލި ބެލުމުން މިފަދަ ވެހިކަލްގެ އަދަދު ބެލި އިރު 100 އަށް އަރާ ކަމަށާއި އެ ގަރާޖު ހިންގާ ފަރާތުގެ ނަމުގައި 4 ފުރޮޅުލީ 86 ވެހިކަލް އޮތްކަން ފާހަގަވި ކަމަށާއި ރަޖިސްޓްރީތައް ބަހާލާފަ ވަނީ ނިޒާމްއާއި އޭނާގެ އަންހެނުންގެ ނަމަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


ފުލުހުން ވިދާޅުވީ އެހިސާބުން އެ 86 އުޅަނދަށް 86 ގަރާޖު ސިޓީ އޮންނަންޖެހޭކަން އެނގޭތީ ބެލި ބެލުމުން، ކުރިން ޓްރާންސްޕޯޓް މެދުވެރިކޮށް ގިނަ ރަޖިސްޓްރީތަކެއް ހައްދައި، ކުރިއަށް އޮތް ތިން އަހަރަށް ވެސް ރަޖިސްޓްރީތައް ދޫކޮށްފަ ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.


މީގެއިތުރުން ފުލުހުން ވިދާޅުވީ މި މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި މައްސަލައިން ކުރި ފަޅާފައިވާ އިތުރު މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި އޭގެތެރޭގައި ޓްރާންސްޕޯޓުން އެހާގިނަ ރަޖިސްޓްރީ ދޫކުރި މައްސަލަ ވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު