އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމަށް ޝިއުރީ އައްޔަންކޮށްފި

4 months ago

އަފްރާހް

މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ޝިއުރީ އައްޔަނުކުރައްވައިފިއެވެ.


އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިމިވަނީ އެމަގާމުގައި ކުރިންހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މެއި 22 ވަނަ ދުވަހު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.


ކުރީގެ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ޝިއުރީ އަކީ ގައުމީ އިނާމު ވެސް ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އަދި ޑޮމަސްޓިކް އެއަރޕޯޓްތައް ތަރައްގީކުރުމުގެ ބައެއް މަޝްރޫއުތަކުގައި ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެފައި ވެއެވެ.


ޝިއުރީ އަކީ މިހާރުވެސް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއޭއެންސީއައި) ގެ އެގްޒެކެޓިވް ބޯޑު މެމްބަރެކެވެ. އަދި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމު ވެސް ގެންދަވަނީ އަދާކުރައްވަމުންނެވެ.


އެމްއެމްޕީއާރުސީއަށް އައު އެމްޑީއަކު އައްޔަނުކުރައްވާފައިވާއިރު، އެ ކުންފުނީގެ ޗެއަރޕާރސަން އާއިޝާ ނޫރުއައިން ޖަނާހު ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު