އަޟްހާ އީދާ ދިމާކޮށް އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް

4 months ago

އަފްރާހް

އެހެންއަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ އަޟްހާ އީދާ ދިމާކޮށް އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.


މިއީ މި އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި އެ ކުންފުނިން ދެކޭތީ ތައާރަފްކުރި އޮފަރތަކެކެވެ.


އެގޮތުން ބޯނަސް ޑޭޓާ އޮފަރ، ގިފްޓިން އޮޕްޝަންސް، އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައް ވެސް ތައާރަފްކޮށްފައި ވެއެވެ.


ބޯނަސް ޑޭޓާ އޮފަރއަކީ ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހައި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕެކްތައް އެކްޓިވޭޓްކުރުމުން 60 އިންސައްތަ އާހަމައަށް ބޯނަސް ޑޭޓާ ލިބޭނެއެވެ.


ގިފްޓް އަ ޕެކް އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށް އުރީދޫގެ ފަރާތުން އިތުރު 1 ޖީބީ ހިލޭ ލިބޭނެއެވެ. ރައްޓެހިންނާއި އާއިލާއަށް ހަދިޔާއެއްގެ ގޮތުގައި މި އީދުގައި ޑޭޓާ ޕެކްއެއް އުރީދޫ މެދުވެރިކޮށް ފޮނުވާލާށެވެ.


އެކްޓިވޭޓް އެންޑް ވިން ޕްރީޕެއެޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާ އާއި އެއަށްވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބޭނެއެވެ. ނަސީބުވެރިން ހޮވަނީ ގުރުއަތުންނެވެ.


ބޮޑު ޗުއްޓީ ޕެކާއެކު މި ޗުއްޓީގެ ހުރިހާ ވަގުތެއްގައިވެސް ރައްޓެހިންނާއި އާއިލާއާއެކު ހޭދަކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ.


އޮފަރތަކުގެ ތެރޭގައި، 100 ޖީބީ ޑޭޓާއާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް، 3 ދުވަހުގެ ވެލިޑިޓީއަކާއެކު ލިބޭއިރު 100 ޖީބީ + 50 ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150 ރުފިޔާއަށް، 5 ދުވަހުގެ ވެލިޑިޓީއަކާ އެކު ލިބެއެވެ.


މިއަހަރުގެ އަޟްހާ އީދުގައި ވެސް އުރީދޫގެ ކަސްޓަމަރުންނަށް ރަނގަޅު ފުރުސަތުތަކެއް ދީފައިވާއިރު، މި އޮފަރތަކުގެ އިތުރު މައުލޫމާތު ހޯދުމަށާއި އެކްޓިވޭޓް ކުރުމަށް ޖެހެނީ އުރީދޫ ސުޕަރއެޕް ބޭނުންކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު