ހައްޖު ދުވަހާއި އީދު ދުވަހު ވެމްކޯ އިން ހިދުމަތް ދޭ ގަޑިތަަކަށް ބަދަލުތަކެއް

6 months ago

އަފްރާހް

މިއަހަރުގެ ހައްޖު ދުވަހާއި އަމްހާ އީދު ދުވަހު، ވެމްކޯ އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.


އެކުންފުނިން ހާމަކުރައްވާފައިވާ ގޮތުގައި ހައްޖު ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން ވެމްކޯއިން ދޭ ހިދުމަތް ފަށާ ގަޑި ވަނީ ލަސްކޮށްފައެވެ.


މި ދެ ދުވަހު ހިދުމަތް ފަށާނީ މެންދުރު 2 ޖަހާއިރުކަަމަށް ވިދާޅުވިއެވެ.


އެގޮތުން:


• މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00 ގެ ނިޔަލަށް


• ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން މެންދަމު 00:00ގެ ނިޔަލަށް


• ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ރޭގަނޑު 22:00ގެ ނިޔަލަށް


• ތިލަފުށީ ޑިސްޕޯސަލް ސައިޓް: މެންދުރު 14:00 އިން ހަވީރު 17:00އަށް


• އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް: މެންދުރު 14:00 އިން ރޭގަނޑު 21:30އަށް


• ހުޅުމީދޫ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް


• ފުވައްމުލައް ސިޓީ ވޭސްޓް ޓްރާންސްފާ ސްޓޭޝަން: މެންދުރު 14:00 އިން ހަވީރު 16:00 އަށް


ވެމްކޯ އިން ވަނީ މިފަދަ ދުވަސްތަކާއި ގުޅިގެން މީގެ ކުރިންވެސް މިފަދަ ހިދުމަތް ދޭ ގަޑިތަކަށް ބަދަލުތައް ގެނެސް، ދުރައިލާ ކަސްޓަމަރުންނަށް އެކަން އަންގާފައެވެ.


އެ ކުންފުނީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، ދާދިފަހުން ވަނީ ގދ. ތިނަދޫ ސިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީގައި ވެސް ހިދުމަތް ދޭން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު