ވިއްސާރައިގާ ހއ. ދިއްދޫގެ ބައެއް ގޭގެއަށް ގެއްލުން ލިބިއްޖެ

5 months ago

އަފްރާހް

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގާ ހއ. ދިއްދޫގެ ބައެއް ގޭގެއަށް ގެއްލުން ލިބިއްޖެއެވެ.


އެރަށު ކައުންސިލުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މެއި 13 ވަނަ ދުވަހުގެ ރޭ ދަންވަރު 3:30 އާއި 4 ޖެހުމާއި ދެމެދުގައި ކަމަށެވެ.


އެގޮތުން އެރަށަށް އެރި ކޮޅިގަނޑެއްގައި ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މި ކޮޅިގަނޑުގައި ވައިގަދަވެ ޖުމްލަ 7 ފްލެޓަކަށް ގެއްލުން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެތެރެއިން ހަތަރު ފްލެޓެއްގެ ފުރާޅު އެއްކޮށް އެއްލާލައި، ހިފާގެންގުޅޭ ހުރިހައި ސާމާނެއް ހަލާކުވި ކަމަށާއި އެ ފްލެޓުތައް ވަނީ މީހުންނަށް ނޫޅެވޭ ވަރަށް ހަލާކުވެފައި ކަަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އަނެއް ތިން ފްލެޓްގެ ފުރާޅަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް ހާމަކުރައްވައެވެ.


އެރަށު ކައުންސިލުން ވިދާޅުވީ ގެއްލުން ލިބުނު ގޭގޭގައި ދިރިއުޅޭ މީހުން އެހެން ގެތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި، އެ ގެތަކުގެ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލާއި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު