6 months ago
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ނައިޓް މާކެޓެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ މި ނައިޓް މާކެޓަކީ އެދުވަހުގެ މުނާސަބަތުގައި، ހިތްފަސޭހަ މާހައުލެއްގައި ވިޔަފާރިކޮށް، ވިޔަފާރަވެރިންނަށް އެފަރާތްތަކުގެ މުދާ ހެޔޮ އަގުގައި ވިއްކޭނެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އާންމު ރައްޔިތުންނަށް ހެޔޮއަގުގައި އެކި ބާވަތްތަކުގެ ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ.
އެމްޓީއޭ އިން ވިދާޅުވީ މި ނައިޓް މާކެޓް ބޭއްވުމަށް ނިންމާފައިވަނީ އޮގަސްޓް މަހުގެ ފުރަތަމަ ހަތް ދުވަހު ހުޅުމާލެ ރުށްގަޑު 2 ސަރަހައްދުގައި ކަމަށެވެ.
MTA is holding its first ever trade event: "Minivan Ufaa Night Market"
— Maldives Trade Association (@MTASecretariat) June 15, 2024
This is your chance to showcase your products and maximize your profits.
Venue: Ruhgandu 2, Hulhumale’
Dates: August 1-7, 2024
Call Now to Secure Your Slot: 9992799, 7810218 pic.twitter.com/1jsjinZDkz
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އަކީ ވިޔަފާރިވެރިންނަށް، ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން އިތުރު ފުރުސަތު ހޯދައިދީ، ވިޔަފާރިއާއި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދާ ދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.