ކޮންމެ ހައްޖާޖީއަކަށް ޓްރެކިންގ ޑިވައިސް އެއް ދެނީ

5 months ago

އަފްރާހް

ރާއްޖެއިން ހައްޖަށްދާ ކޮންމެ ހައްޖާޖީއަކަށް ވެސް ޓްރެކިންގ ޑިވައިސް އެއް ދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ހަްއްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.


ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ މިއީ ހައްޖާޖީންގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. މިއަހަރު ރާއްޖެއިން ހައްޖަށްދާ ކޮންމެ ހައްޖާޖީއަކަށް އެ މީހަކު ހުންނަ ލޮކޭޝަނެއް ޓްރެކް ކުރެވޭނެ ޓްރެކިންގ ޑިވައިސްއެއް ދޭނެ ކަމަށެވެ.


މި ޑިވައިސް އަކީ އެމީހަކަށް އެ ހުރެވުނު ސަރަހައްދެއް ނޭނގޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޑިވައިސްގެ ބަޓަނަަށް ފިއްތާލުމުން، އެ ކޯޕަރޭޝަނުގެ ސިސްޓަމަށް އެމީހަކު ގެއްލިގެން އުޅޭކަން ފާހަގަވެގެން ދާނެ ސިސްޓަމެއް ކަމަށް ވެސް ވިދާޅުވިއެވެ.


އޭނާ އިތުރަށް ވިދާޅުވީ މި ނިޒާމުގެ ސަބަބުން ގްރޫޕްތަކުން މީހުން ގެއްލިއްޖެނަމަ، ސިސްޓަމް މެދުވެރިކޮށް އެމީހަކު ހުރި ހިސާބު ބަލާލެވޭނެ ކަމަށެވެ. މިފަދަ ޓްރެކިންގ ނިޒާމެއް ދިނުމަށް ނިންމާފައިވާކަން މީގެކުރިން ވެސް ހާމަކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު