ކުރީގެ ފޮރިން މިނިސްޓަރ ޝާހިދު ޗައިނާގެ ރައީސް އާއި ބައްދަލުކުރައްވައިފި

3 months ago

އަފްރާހް

ކުރީގެ ފޮރިން މިނިސްޓަރ އަދި އިދިކޮޅު ސިޔާސީ މައި ޕާޓީ، އެމްޑީޕީގެ ރައީސް ޝާހިދު ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލުކުރައްވައިފިއެވެ.


އެ ބޭފުޅުން ބައްދަލު ކުރެއްވީ 'ފައިވް ޕްރިންސިޕަލްސް އޮފް ޕީސްފުލް ކޯއެގްޒިސްޓެންސް' އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގައެވެ.


މިއީ އެގައުމުގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު ފަސް އަސާސްތައް ސައިނޯ-އިންޑިއަން އެއްބަސްވުމުގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސެކެވެ.


ޝާހިދު ޝީ އާ ބައްދަލުކުރެއްވީ މި ކޮންފަރެންސްގައި ޝީ ތަގްރީރުކުރެއްވުމުގެ ކުރިންނެވެ.


ޝީގެ ތަގްރީރަށް ފަހު ޝާހިދު ވަނީ އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެން އެކުގައި ދިރިއުޅުން ކަމަށެވެ. އަދި ދުނިޔޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްޕުޅުން ހިތްވަރުލިބިވަޑައިގަންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު