ދިވެހީންގެ އެހީތެރިކަން ހުއްޓުމެއް ނެތި ޣައްޒާ އަށް

3 months ago

އަފްރާހް

ދިވެހީންގެ އެހީތެރިކަން ހުއްޓުމެއް ނެތި ޣައްޒާ އަށް ފޯރުކޮށްދެމުންދާކަމަށް ޚިދުމަތް ޖަމިއްޔާ އިން ހާމަކުރައްވައިފިއެވެ.


އެ ޖަމިއްޔާ އިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރަމުން އަންނަ ވަޓްސްއަޕް ގްރޫޕުގައި ވިދާޅުވީ ޣައްޒާގެ ހިތާމަވެރި އަދި ބިރުވެރި ޙާލަތުގެ ތެރޭގައި ވެސް ހުއްޓުމެއްނެތި އެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.


އެގޮތުން ވޭތުވެދިޔަ ހަފްތާގައި އެކަނިވެސް ޣައްޒާ އަދި ޚާންޔޫނިސްގައި ތިން ފެންލޮރީ ބަހައި، ވަގުތީ ދެ މިސްކިތް ބިނާކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ފުޑް ޕެކޭޖްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމަސް ވިދާޅުވިއެވެ.


މީގެ އިތުރުން ޣައްޒާގައި ބަދިގެއެއް ހަދައި ކެއްކުމަށްފަހު، މިހާރުވެސް ކޮންމެ ދުވަހަކު ވެސް 100 އާއި 300 އާދެމެދުގެ މީހުންނާއި ކުޑަކުދިންނަށް ހޮޓްމީލް ބަހަމުން އަންނަކަމަށް އެ ޖަމިއްޔާ އިން ވަނީ ފާހަގަކުރައްވާފައެވެ.


އެ ޖަމިއްޔަ އިން އިތުރަށް ވިދާޅުވީ މިދަތި އުނދަގޫ ވަގުތުތަކުގައި ވެސް ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކާއި އުނދަގޫތައް ތަޙައްމަލް ކުރަން ޖެހިފައިވާ ޢާއިލާތަކަށް ކާބޯތަކެތީގެ ޒަރޫރީ ޕެކޭޖުތައް ބެހިގެން މިދިޔައީ ޣައްޒާގެ ރައްޔިތުންގެ ހާލަތާއިމެދު ހަމްދަރުދީވާ ހާލުގައި ކަމަށެވެ.


މީގެއިތުރުން މިއީ ދިވެހި ލޮބުވެތި ރައްޔިތުންގެ ދީލަތި އެހީ ކަމަށާއި އެއީ އެޖަމިއްޔާއާއި ހަވާލުޖޮށްފައިވާ އަމާނާތް ކަަމަށް ވެސް ވިދާޅުވިއެވެ.


"ކޮންމެ ޕެކޭޖެއްވެސް ރަމްޒުކޮށްދެނީ ދިވެހިން ޣައްޒާގެ ރައްޔިތުންނާއި އެކުގައި ތިބިކަމާއި އެއްބައިވަންތަކަމާއި އުއްމީދުގެ މެސެޖެކެވެ."


ކިޔުންތެރިންގެ ހިޔާލު