ބައެއް ގަބުރުސްތާނުތައް ޕާކިންގ އޭރިއާތަކަށް ބަދަލު ކުރަނީ

5 months ago

އަފްރާހް

ބައެއް ގަބުރުސްތާނުތައް ޕާކިންގ އޭރިއާތަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.


ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ލަފާގެ މަތީން މިކަން ކުރުމަށް ނިންމާފައިވާއިރު، ޕާކިންގ އޭރިއާ ހެދުމަށް މާލޭގެ ހަތަރު ސަހަރާއަކުން ބައެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ.


އެގޮތުން މައްޗަންގޮޅި ސަހަރާގެ ކަންމަތީން ބަޔަކާއި ގަލޮޅާއި މާފަންނު ސަހަރާގެ ތެރެއިން ބަޔަކާއި ހެންވޭރު ސަހަރާގެ ބައެއް ނަގައިފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އެ ތަންތަނުގައި ޕާކިންގ އޭރިއާތަކެއް ހެދުމަށް ނިންމާފައިވަނީ ތަރައްގީކުރާ ޕާކުތަކަކާ ވެސް އެކުގައި ކަމަށާއި އެގޮތުން ޖަމާލުއްދީން ސްކޫލުގެ ޕާކިންގ އޭރިއާ ހެދުމުގެ މަސައްކަތުގެ ތެރެއިން މަޝްރޫއުގެ ޑިޒައިންގެ މަސައްކަތް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.


މާލޭގައި ދިމާވެފައި އޮންނަ އެންމެ ބޮޑު އެއް މައްސަލައަކީ އުޅަނދުތައް ތޮއްޖެހި، ޖާގައިގެ ދަތިކަމުގެ މައްސަލަކަން ފާހަގަކުރައްވައި އާޒިމް ވަނީ މާލޭގައި ދިމާވެފައިވާ ޕާކިންގ މައްސަލައިގެ ހައްލު ދެ އަހަރެއްގެ ތެރޭގައި ފެންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު