5 months ago
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 1400 ގައި ކަމަށާއި ނަމަވެސް މި ސަރުކާރުގައި 700 އަށް ވެސް ނާރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ދަރަންޏާ ބެހޭ ބިލަށް ބަހުސްކުރައްވަމުން ޝުޖާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ނޭރުވުން ކަމަށެވެ.
"މި ސަރުކާރުގައި އެ މަގާމުތަކުގެ އަދަދު 700 އަށް އަރުވާފައިނުވާނެ. މަސައްކަތްކުރަމުން ދަނީ އެއަށްވުރެވެސް މަދުކުރަން." ޝުޖާ ވިދާޅުވިއެވެ.
މީގެއިތުރުން އެމްޑީޕީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ޝުޖާ ވަނީ ޕީޕީއެމްގެ ވެރިކަމުގައި 5 އަހަރުން ނުލިބޭވަރަށް ފައިސާ އެމްޑީޕީގެ ވެރިކަމުގައި އެއް އަހަރުން ހޯދާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް މީގެކުރިން ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.
އެހެންނަަމަވެސް އެކަން ރަނގަޅަށް ބެލި އިރު، ދައުލަތް 'ކައި' ހުސްކޮށްލާފައިވާ ކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި އެމްޑީޕީން ދިޔައީ ގައުމު 'ލޫޓުވާލާފައި' ކަމަށް ވެސް ޝުޖާއު ވަނީ ތުހުމަތު ކުރައްވާފައެވެ.
ޝުޖާއު ވިދާޅުވީ 2013 އިން 2018 އަށް ޕީޕީއެމްގެ ވެރިކަމުގައި ނަގާފައިވާ ދަރަނިން ކުރި މަސައްކަތްތައް ރައްޔިތުންނަށް ފެންނަން އެބަހުރި ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން ސިނަމާލެ ބްރިޖާއި އެއަރޕޯޓާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއު ކުރިއަށް ގެންދިޔަކަން ފާހަގަކުރެއްވިއެވެ.
އެމްޑީޕީ ސަރުކާރުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުރީ ކޮން ކަމެއްތޯ ސުވާލުކުރައްވަމުން ޝުޖާއު ވަނީ 2018 އިން 2023 އަށް ނެގި 120 ބިލިއަން ރުފިޔާއިން ކުރިކަމެއް ފެންނަން ނެތް ކަމަށް ވެސް ޝުޖާ ވިދާޅުވިއެވެ.
އިއްބެ
ތިުަސިވާލަށްޖަވާބުދޭކަށް ކަލެއަކަށްނުޖެހޭ ތިޔަސުވާލަށް ކޮމޓީންސުވާލުކުރީމައި ފިނޭސްމިނިސްޓަރިވެސްޖަވާބެއްނުދެއްވި ވީމައި ތިޔަސުވާލަށްކަލޭޖަވާބުދޭނީކިހިނެއް
5 months ago