އަބްދުއްރަހީމް އާއި ތޯހާ ސަފީރުކަމަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

3 months ago

އަފްރާހް

ރާއްޖެއިން ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް ލެފްޓްނެންޓް ރިޓަޔަރޑް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޕާކިސްތާނަށް ކަނޑައަޅާ ސަފީރަކަށް މުހައްމަދު ތޯހާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.


ތުރުކީގެ ސަފީރުކަމަށް ގ. ކަނޑިތޮޅިއާގެ، އަބްދުއްރަހީމް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުންނެވެ.


ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ރިޓަޔަރ ކުރެއްވީ އުމުރުން 60 އަހަރު ފުރުމާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުއެވެ.


ޕާކިސްތާނުގެ ސަފިރުގެ މަގާމަށް ނ. ހޮޅުދޫ، އުފަންވެލި، ތޯހާ އައްޔަން ކުރަން ފާސްކޮށްފައި ވަނީ ވެސް ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުންނެވެ.


ސައުދީ އަރަބިއްޔާ އަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ވެސް ތޯހާގެ ނަން މީގެކުރިން ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އޭނާ އެ މަގާމަށް ކަނޑައެޅުމަށް މަޖިލީހުން ފާސް ވެސް ކުރެއްވިއެވެ.


އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތޯހާ ޕާކިސްތާނުގެ ސަފީރުގެ މަގާމަށް އައްޔަން ކުުރުމަށް އަލުން މަޖިލީހަށް ނަން ފޮނުއްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު