ހައްޖުން އަންނަ ފަރާތްތަކުން މިކަންކަމަށް ސަމާލުވެލައްވާ!

3 months ago

އަފްރާހް

ހައްޖުން އަންނަ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށްދެއްވައިފިއެވެ.


އެ އެޖެންސީން ވަނީ އެއަރޕޯޓާއި ޓެކްސީ، ބަސް އަދި ފެރީ ތެރޭގައި ވެސް އެންމެން މާސްކު އެޅުމަށް ހަނދާންކޮށްދެއްވާފައެވެ. އަދި ރޯގާޖެހި، ކެއްސާ ކިނބިހި އަޅާނަމަ، މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް ނަސޭހަތްތެރިވެލައްވައެވެ.


މީގެއިތުރުން އެފަދަ ތަނަކަށް ކޮންމެހެން ދާން ޖެހިއްޖެނަމަ، މާސްކު އަޅައިގެން ނޫނީ ނުދިއުމަށް އެދިަލއްވައެވެ.


އެޗްޕީއޭ އިން ވަނީ ރޯގާގެ އަލާމާތެއް ހުރިނަމަ، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގައިދުރުކަން ބެހެއްޓުމަށް އެދިަލއްވާފައެވެ. ހައިރިސްކް މީހުން މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވައެވެ.


ހަމަމިއާއެކު ރޯގާގެ އެއްވެސް އަލާމާތެއް ހުރެ، ގިނަދުވަސް ވާނަމަ، ނުވަތަ ބޮޑުވަރުވާ ނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިވަޑައިގަންނަވައެވެ.


އެ އިދާރާ އިން ވަނީ ހައްޖުން އެނބުރި އަންނަ ފަރާތްތައް ބަލާ އެއަރޕޯޓަށް ދިއުމުގައި ވީހާވެސް މަދު މީހުން ދިއުން ހިޔާރުކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު