މިނިސްޓަރ ތާރިގް އަބޫދާބީ އަށް ފުރާވަޑައިގެންފި

3 months ago

އަފްރާހް

އެންވަޔަރްމެންޓް މިނިސްޓަރ ތާރިގް އިބްރާހިމް އަބޫދާބީ އަށް ފުރާވަޑައިގެންފިއެވެ.


މިއީ އެކުވެރި އަރަބި އިމާރާތުގެ އާބޫދާބީގައި ޖުލައި 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ސަސްޓެއިނެބިލިޓީ ފޯރަމް ގައި ބައިވެރިވެވަޑަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


އެ މިނިސްޓްރީން ވިދާޅުވީ މި ފޯރަމުގައި ކްލައިމެޓް ޗޭންޖް ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.


މީގެއިތުރުން މި ފޯރަމް ވެގެންދާނީ ކްލައިމެޓް ޗޭންޖުގެ މައްސަލައަށް ހައްލުހޯދުމަށް ބޭނުންވާ އީޖާދީ ޓެކްނޯލޮޖީއާއި އާޓިފިޝަލް އިންޓަލިޖެންސްގެ ދައުރާއި ގުޅޭގޮތުން މަޝްވަރާކުރާނެ ފޯރަމަކަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ އެކަމަށް ހޭނުމަށް ޑޭޓާގެ މުހިއްމުކަމާއި ފައިނޭންސްއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެ ފޯރަމަކަށް ކަމަށެވެ.


އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވީ ފޯރަމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ވިލުންތެރިކަމާ ގުޅޭގޮތުން ބާއްވާ ޕެނަލްގައި މިނިސްޓަރ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު