ވާނުވާ ބަންދު އުވައިލާ، ޕީޖީ ޝަމީމު މަގާމުން ވަކިކުރުމަށް ގަޮވައިލާ އިހުތިޖާޖު ކުރަނީ

3 months ago

އަފްރާހް

ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ގަޮވައިލާ އިހުތިޖާޖު ކުރަން ފަށައިފިއެވެ.


ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި އިހުތިޖާޖުކުރަމުންދާ މީހުން ގޮވަމުން ދަނީ ޕީޖީ ޝަމީމު މަގާމުން ވަކުކުރިމަށާއި ވާނުވާ ބަންދު އުވާލުމަށެވެ. އަދި އޭނާގެ އިސްތިއުފާ އަށް ގޮވާލާ، ލިޔެފައިވާ ޕޯސްޓަރުތައް ވެސް އެމީހުން ތިބީ ހިފައިގެންނެވެ.


އެމީހުން މި އިހުތިޖާޖު ކުރަމުންދާއިރު، މާފުށީ ޖަލުގައި ހުރި ގައިދީއެއް ކަމުގައިވާ ށ. ފުނަދޫ ޒަމާނީ ވިލާ، މުޙައްމަދު ޖަމީލް ވަނީ ޖޫން 28 ވީ ހުކުރު ދުވަހު ނިޔާވެފައެވެ. އަދި މިކަމާއިގުޅިގެން ބައެއް މީހުން ދަނީ ކަރެކްޝަނަލް ސަރވިސް އަށް ތުހުމަތުގެ އިނގިލިވެސް ދިއްކުރަމުންނެވެ.


ޖަމީލުގެ މަރުގެ މައްސަލައިގެ މައުލޫމާތު ދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވެފައިވަނީ ޖަމީލްގެ ހަށިގަނޑުން ބައެއް ނިޝާންތައް ހުރިނަމަވެސް އެއީ ގަސްތުގައި ބަޔަކު އަނިޔާއެއް ދީފައި ކަމުގައި ނުބެލެވޭ ކަމަށެވެ.


ސަޖިދައިގައި އޮތް އިރު ޖަމީލުގެ އަންގައިންނާއި ނޭފަތުން ފޮނު އައިސްފައިވާ ކަމަށާއި ވަޅުލުމަށް އާއިލާއާއި ހަށިގަނޑު ހަވާލުކުރީ ހަށިގަނޑު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އެޗްއާރްސީއެމްއާއި އެންއައިސީން ވެސް ބަލަންޖެހޭ ކަންކަން ބަލައި އެފަދަ ކަމަކަށް ޝައްކު ނުކުރެވޭތީ ކަމަށެވެ.


އެހެންނަމަވެސް އާއިލާއާއި ހަށިގަނޑު ހަވާލުކުރިފަހުން ފޮޓޯތައް ދައުރުވާން ފެށުމުން މިނިސްޓަރުގެ އިޒުނައާއެކު ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފުލުހުން ބޭނުންވެ، އާއިލާއާއި މަޝްވަރާކުރި ކަމަށް ވިދާޅުވިއެވެ. އެކަމަކު ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ގަބޫލު ނުވިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.


ޕޯސްޓުމޯޓަމް ހަދަން އާއިލާ އިން ބޭނުން ނުވުމުން ޖަމީލުގެ ހަށިގަނޑު މިހާރުވަނީ ވަޅުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު