ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކި ކުރަން ފާސްކޮށްފި

3 months ago

އަފްރާހް

ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.


އެ ކޮމެޓީން މިގޮތަށް ފާސްކުރީ މަގާމުގެ ޒިންމާ އަދާ ކުރައްވަމުން ނުގެންދަވާ ކަމަށާއި އޭނާގެ ދާއިރާގެ ތެރެއިން ދެއްވަން ޖެހިވަޑައިގަންނަވާ ލަފާ ނުދެއްވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް, ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ހުށަހެޅުއްވުމުންނެވެ.


އަލީ ހާޝިމް ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ. 


ނާޒިމްގެ ހުށަހެޅުއްވީ ގައުމުގެ އިގުތިސޯދު ހީނަރުވެ އަލުން އަނބުރާ އިޔާދަކުރަން އުނގޫ ހިސާބަކަށް ދިޔަ އިރުވެސް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިންގަމުން ނުދާ ކަމަށެވެ. އަދި މާލީ އިދާރާތަކުގެ ތެރެއިން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާގޮތެއްގައި ހިފެހެއްޓާ ބޭންކުތަކުގައި ރިޒަރވް އެމްއެމްއޭގައި ބަހައްޓާކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.


މާލިއްޔަތު ކޮމެޓީގައި ނާޒިމް ވިދާޅުވީ މިހާރު އޮތް އިގުތިސޯދީ ހާލަތާއެކު ސަރުކާރުން ފައިސޯ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވީނަމަވެސް އެ މާކެޓް ރެގިއުލޭޓު ކުރުމުގެ މަސައްކަތް ވެސް ކުރަމުން ދާތަން ނުފެންނަ ކަމަށެވެ. އަދި އެކި ކުށްތައް ކުރުން ހުއްޓުވަން ބަލާއިރު އެމްއެމްއޭގެ ގަވައިދުތައް އަދާހަމަ ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ.


މާލިއްޔަތު ކޮމިޓީން ގަވަރުނަރު ވަކިކުރަން ފާސްކުރިނަމަވެސް ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހުށަހަޅައި، ވޯޓަށް އަހައިގެންނެވެ. އޭގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ގަވަރުނަރަށް އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު

އަދިވެސް

ދެންވެސް ޒިންމާ އަދާނުކުރެވޭ މީހަކު ހުރިއްޔާ ވަކިކުރޭ! އެހެޔޮ ކޮންމެ މީހަކަށް ވިއަސް...

3 months ago