ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް ގުޅުން ބަދަހިކުރަން ޖެހޭ

3 months ago

އަފްރާހް

ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެން ވިދާޅުވީ 'ގްލޯބަލް ޕޭރެންޓިންގ މަންތް' އާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައެވެ.


މެޑަމް ސާޖިދާ ވިދާޅުވީ އެގުޅުން ބަދަހިކުރުމަށްޓަކައި އެކި އުމުރުފުރާގެ ކުދިންނާއެކު އެކި ގޮތްގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކުޑަކުއްޖަކާ ގުޅުން ބަދަހިކުރާނަމަ، އެކުއްޖާއާ އެކީގައި އެކުއްޖާގެ އުމުރު ފުރާގެ ނުވަތަ ލެވެލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ފުރާވަރަށް އަރައިގެން އަންނަ ކުއްޖާއާ އެކީ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ގެންގުޅެން ޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.


ދަ ޔުނައިޓަޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން އިސްނަންގަވައިގެން ކުރިއަށްގެންދަވާ ބެލެނިވެރިޔާ ޕްރޮގްރާމުގެ މަޤްޞަދަކީ، ކުދިންނަށް ރައްކާތެރިކަން ހޯދައިދީ، އެ ކުދީންގެ އަގު ވަޒަންކުރާކަން ޤަބޫލުކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް، ބެލެނިވެރިން ހޭލުންތެރިކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު