ހިދުމަތް ޖަމިއްޔާ މެދެވެރިވެގެން ދިވެއްސެއްގެ ހުވަފެން ހަގީގަތަކަށް

3 months ago

އަފްރާހް

ހިދުމަތް ޖަމިއްޔާ މެދުވެރިވެގެން ދިވެއްސެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދީފިއެވެ.


އެގޮތުން ދިވެހީންގެ ދީަލތި އެހީތެރިކަމާއެކު އެ ޖަމިއްޔާ އިން ވަނީ އދ. ފެންފުށި އިބްރާހިމް މުހައްމަދަށް މަސްނޫއީ ފަޔެއް ޖަހައިދީފައެވެ.


މިކަމާއި ގުޅިގެން އިންޑިއާގެ ކޮޗިންގައި ހުރެ، ވީޑިއޯއެއް މެދުވެރިކޮށް އިބްރާހިމް ބުނީ މި ހިތްދަތިކަމުން ސަލާމަތްވެ، މިވަގުތު ހުރީ ބުނެދޭން ނޭނގޭހާ އުފަލުގައި ކަމަށެވެ. އަދި ދިވެހި ގިނަ ރައްޔިތުންގެ ފަރާތުން މިފަދަ އެހީތެރިކަމެއް ލިބުނީތީ، އެ ހުރިހައި ފަރާތްތަކަށް ވަނީ ޝުުރުއަދާ ކޮށްފައެވެ.


"އަޅުގަނޑަށް މިކަން ކޮށްދެއްވުމަށް ހިދުމަތް ޖަމިއްޔާއިން ކޮށްދެއްވި ބުރަ މަސައްކަަތަށް ޖަމިއްޔާގެ އިސްވެރިންނަށާ ހުރިހައި މެމްބަރުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." އިބްރާހިމް ބުނެފައި ވެއެވެ.


ހިދުމަތް ޖަމިއްޔާ އިން މިވަނީ އަމިއްލަ ބުރަ މަސައްކަތުން ހޯދާ ފައިސާ އިން އަނބިދަރީންނަށް ކާންދީ، ޚަރަދު ނުކުރެވުމީ ނާގާބިލުކަމުގެ އިހުސާސް ކުރެވޭ ކަމެއްނަމަވެސް އޭނާގެ އަމިއްލަ ބުރަ މަސައްކަތުން ޢާއިލާއަށް ކާންދީ އޭނާގެ ކުރީގެ ދިރިއުޅުމަށް އެނބުރި ރުޖޫޢަވުމުގެ ހުވަފެން ހަގީގަތަކަށް ހަދައިދީފައެވެ.


މިކަމުގެ ސަބަބުން އިބްރާހިމް މިހާރުއެވަނީ އޭނާގެ އެއް ފައި ބުރިކޮށްލަންޖެހުނު ހިތާމަވެރި ހާދިސާގެ ކުރިން އޭނާ އަކީ އަނބިމީހާއަށް އެހީތެރިވެދޭ ބައިވެރިއެއްގެ ގޮތުގައި އަދި ލޯބިވާ ބައްޕައަކާއި ޒިންމާދާރު ދަރިއަކަށް ވުމުން އަމިއްލަ ނަފްސާމެދު ފަޚުރުވެރިވާ އަޚަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

ނަމަސްތޭ

އާސަންދައަކުން ނޫންބާ ނުވަތަ އެންސްޕާއަކުން ނޫންބާ މިކަން ކުރީ.ތި ޖަމިއްޔާއިން ދިނީކޯޗެއްބާ ހަގީގަތް ހާމަކުރަންޖެހޭނެ.

3 months ago