ސީޕްރިއާގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ އިހުތިޖާޖު ކުރަނީ

3 months ago

އަފްރާހް

ސީޕްރިއާގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ އިހުތިޖާޖު ކުރަން ފަށައިފިއެވެ.


އިހުތިޖާޖުގެ ބައިވެރިއަކު 'އޮއިވަރު' އަށް ބުނީ އެމީހުންނަށް މުސާރަނުދޭތާ 8 މަސް ވެދާނެ ކަމަށެވެ. އަދި ކޮންމެމަހަކު ވެސް ދޭނަމޭ ބުނެ ދޮގު ހަދަމުން އަންނަކަމަށެވެ.


"އަޅުގަނޑުމެން ކައިރީ ބުނަނީ ވަރަށް އަވަހަށް ދޭނަމޭ. މިހާރު 8 މަސް މިވަނީ އެހެން ދޭނަމޭ، ދޭނަމޭގަ. ވަކި ވަރަކަށް ދޯ ކެތް ކުރެވޭނީ. މިތަނަކީ އާދައިގެ ކުޑަ ކޮމްޕެނީއެއްވެސް ނޫންދޯ." އެމީހާ ބުންޏެވެ.


މި އިހުތިޖާޖުގައި ދިވެހީންނާއި ބިދޭސީން ވެސް ބައިވެރިވާއިރު، އެމީހުން ތިބީ މުސާރަ ދިނުމަށް ގޮވައިލާ ތަފާތު އެކި ޝުއޫރުތައް ހާމަކޮށްފައިވާ ބޯޑުތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.


އެމީހުންގެ ބައެއް ޕޯސްޓަރުތަކުގައި 'މުސާރަ ނުދީ އަހަރުމެން ބަނޑަށް ޖައްސައިފި' އަދި 'ބޯލާނެ ފެން ފޮދެއް ވެސް ނެތް' ފަދަ ޝުއޫރުތައް ވަނީ ހާމަކޮށްފައެވެ. އަދި މުސާރަ ނުލިބި މިހައި ގިނަ ދުވަސް ވުމުން އާއިލާތައް ބަނޑަށްޖެހި، އެމީހުން ހާލުގައި ޖެހިފައިވާކަމަށް ލިޔެފައިވާ ޕޯސްޓަރުތައް ވެސް ވެއެވެ.


މިކަމާއިގުޅިގެން ސީޕްރިއާގެ ބަހެއް ލިބޭގޮތް އަދިވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު