ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމުގެ މައްސަލަ ދިރާސާކުރާ ކޮމެޓީ އަށް

3 months ago

އަފްރާހް

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު ޢަލީ ހާޝިމް މަގާމުން ވަކިރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދިރާސާކުރާ ކޮމެޓީ އަށް ފޮނުވައިފިއެވެ.


ޢަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރައްވާފައިވަނީ ޖުލައި 1 ވަނަ ދުވަހުއެވެ. އެއީ މަގާމުގެ ޒިންމާ އަދާ ކުރައްވަމުން ނުގެންދަވާ ކަމަށާއި ދާއިރާގެ ތެރެއިން ދެއްވަން ޖެހިވަޑައިގަންނަވާ ލަފާ ނުދެއްވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ހުށަހެޅުއްވުމުންނެވެ.


އެމްޑީޕީގެ ސަރުކާރުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވި ޢަލީ ޙާޝިމް އާއި ގުޅޭގޮތުން ނާޒިމްގެ ހުށަހެޅުއްވީ ގައުމުގެ އިގުތިސޯދު ހީނަރުވެ އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔަ އިރުވެސް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިންގަމުން ނުދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މާލީ އިދާރާތަކުގެ ތެރެއިން އާންމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާގޮތެއްގައި ހިފެހެއްޓާ ބޭންކުތަކުގައި ރިޒަރވް އެމްއެމްއޭގައި ބަހައްޓާކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.


މާލިއްޔަތު ކޮމެޓީގައި ނާޒިމް ވިދާޅުވީ މިހާރު އޮތް އިގުތިސޯދީ ހާލަތާއެކު ސަރުކާރުން ފައިސޯ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވީނަމަވެސް އެ މާކެޓް ރެގިއުލޭޓު ކުރުމުގެ މަސައްކަތް ވެސް ކުރަމުން ދާތަން ނުފެންނަ ކަމަށެވެ. އަދި އެކި ކުށްތައް ކުރުން ހުއްޓުވަން ބަލާއިރު އެމްއެމްއޭގެ ގަވައިދުތައް އަދާހަމަ ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ.


މާލިއްޔަތު ކޮމިޓީން ގަވަރުނަރު ވަކިކުރަން ފާސްކުރިނަމަވެސް ފަހު ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހުށަހަޅައި، ވޯޓަށް އަހައިގެންނެވެ. އޭގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ގަވަރުނަރަށް އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު