އެގްރިކަލްޗަރ ސެންސަސްއަށް ތައްޔާރުވުމަށް ބާއްވާ ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި

3 months ago

އަފްރާހް

ރާއްޖޭގެ ފުރަތަމަ އެގްރިކަލްޗަރ ސެންސަސްއަށް ތައްޔާރުވުމަށް ބާއްވާ ޓްރެއިނިންގ ޕްރޮގްރާމް ފަށައިފިއެވެ.


މިއީ ދަނޑުވެރިކަމުގައި ހިއްސާވާ ފަރާތްތަކާއި ގުޅޭގޮތުން މައުލޫމާތު އެއްކޮށް، ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން ބާއްވާ ޓްރެއިނިންގ ޕްރޮގްރާމެކެވެ.


މި ކަމަށް ތައްޔާރުވުމުގެ އެފް.އޭ.އޯގެ އެހީގައި ތިން ދުވަހުގެ މުއަދަތަށް ހިންގާ ޓްރެއިނިންގ ޕްރޮގްރާމް އިފްތިތާހު ކޮށްފައިވަނީ ޖުލައި 2 ވަނަ ދުވަހުއެވެ.


މިތަމްރީން ޕްރޮޤްރާމް އިފްތިތާޙް ކޮށްދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާއެވެ.


މި ޓްރެއިނިންގ ގައި ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިންނަވައެވެ.


ދަނޑުވެރިކަމުގެ ސެންސަސް އަށް ބޭނުންވާ މައުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ މިވަގުތު ރަށު ކައުންސިލްތަކުގައި ރަޖިސްޓްރީކޮށްގެން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންނެވެ. މިގޮތުން ސެންސަސްގެ ޢަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު