ދޭދޭ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން އިސްރަށްވެހިންނަށް މައުލޫމާތު ދީފި

3 months ago

އަފްރާހް

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ދޭދޭ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. 


މިއީ އިސްރަށްވެހިންގެ ނާދީއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.


މި ސެޝަނުގައި އާއިލީ ގުޅުންތައް ގާއިމްކުރުމުގެ މުހިންމުކަމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވެ އުޅުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވަނީ ބައިވެރިންނާއި އެކު މަޝްވަރާކުރެވިފައެވެ.


މާލޭގައި ޤާއިމްކުރެވިފައިވާ އިސްރަށްވެހިންގެ ނާދީއަކީ އިސްރަށްވެހިންގެ ނަފްސާނީ ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު ހަރަކާތްތަކެއް ރާވައި އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މަރުކަޒެކެވެ. އަދި ކޮންމެ ހަފްތާއަކު އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ހަރަކާތްތައް އާންމުކޮށް ފެންނާނެހެން ސޯޝަލް މީޑިއާގައި ހިއްސާކުރެވިގެން ދާނެއެވެ.


އިސްރަށްވެހިންގެ ނާދީގައި ހިންގޭ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީގައި ހިންގިފައިވާ ހަރަކާތްތަކުގައި 751 މީހުން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު