އިޓަލީގެ އަސްކަރީ މަތިންދާބޯޓުތަކެއް ވީއައިއޭ އަށް ޖައްސައިފި

3 months ago

އަފްރާހް

ބޭރުގައުމެއްގެ އަސްކަރީ މަތިންދާބޯޓުތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އަށް ޖައްސައިފިއެވެ.


ވީއައިއޭ އަށް ޖައްސާފައިވަނީ ހަނގުރާމަ މަތީ 4 ޖެޓެވެ.


މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ އެއީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ލޮޖިސްޓިކް ބޭނުމަކަށް ޖެއްސި އުޅަނދުތަކެއް ކަމަށެވެ. އަދި އެއީ އިޓަލީ އަށް ނިސްބަތްވާ އުޅަނދުތަކެއް ކަމަށެވެ.


ބައެއް އުޅަނދު ދަތުރުކުރަމުންދާއިރު، ދާންވާ މަންޒިލަށް ދިއުމުގެ ކުރިން ތެޔޮ އެޅުމަށް ވެސް ޖައްސައެވެ. އަދި ދިގު ދަތުރުތަކެއްނަމަ، ކްރޫއިން އަރާމުކޮށްލުމަށް ވެސް ބައެއްފަހަރު ވީއައިއޭ ގައި ޖައްސައެވެ.


މިފަދަ ގޮތަކަށް ވެސް ރާއްޖޭގެ ވައިގެ ސަރަހައްދަށް ވަދެވޭނީ ކަމާއިބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު