ފޮރިން މިނިސްޓްރީގެދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަމަށް ބަދަލުތަކެއް

3 months ago

އަފްރާހް

ފޮރިން މިނިސްޓްރީގެދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަމަށް ބަދަލުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވައިފިއެވެ.


ރައީސް މި ބަދަލު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން އެމަނިކުފާނަށްް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. އަދި މި ބަދަލު ގެންނަވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ.


އެގޮތުން ގެންނެވި ބަދަލުތަކުގެ ތެރޭގައި އ.ދ.ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަން" ގެ ނަން ރާއްޖެއިން އ.ދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ނަމަށް ބަދަލުކުރެއްވުމާއި ރާއްޖެއިން އ.ދ.އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ނަން ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ނަމަށް ބަދަލުކުރެއްވުން ހިމެނެއެވެ.


މީގެއިތުރުން ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ނަން ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީ އަދި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަންގެ ނަމަށް ބަދަލުކުރެއްވުން ހިމެނެއެވެ.


ރައީސް ޑރ. މުއިއްޒު ވަނީ އެ ތާރީޚުން ފެށިގެން ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައް ވެސް އެމަނިކުފާނު ވަނީ ހަމަޖައްސަވާފައެވެ.


މިކަންކަން އިޢުލާނު ކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުން ނަންބަރު 2024/12 އަދި ދެންނެވުން ނަންބަރު : 2024/13 ގެ ދެންނެވުންނެވެ.


ކިޔުންތެރިންގެ ހިޔާލު