ދިވެހީންގެ އެހީގައި ހިދުމަތް ޖަމިއްޔާއިން ކުރިނބީގައި ގެއެއް އަޅަނީ

3 months ago

އަފްރާހް

ދިވެހީންގެ އެހީގައި ހިދުމަތް ޖަމިއްޔާއިން ކުރިނބީގައި ގެއެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.


އެރަށު ޢަލީ ޝަމީމަށް އަޅައިދޭ މި ގެއާއި ބެހޭގޮތުން ހިދުމަތް ޖަމިއްޔާ އިން ވިދާޅުވީ މި މަޝްރޫއު ފެށޭވަރަށް އެހީ ލިބިފައިވިޔަސް އަދިވެސް އެހީތެރިކަން ބޭނުންވާ ކަމަށެވެ.


އެ ޖަމިއްޔާ އިން އިތުރަށް ވިދާޅުވީ މި ގެ އެޅުމަށް ނުވަތަ މި މަޝްރޫއަށް ބޭނުންވާ ބައެއް ސާމާނު ވެސް އެރަށަށް ގެންގޮސް މަސައްކަތް ކުރަމުން އަންނަކަމަށެވެ. ކުރިނބީގައި އަޅައިދޭ މި ގެއަކީ އެރަށު، އެއްބަނޑު އެއްބަފާ ލޯފަން ތިން މީހުންގެ ތެރެއިން މީހަކާއި އިނދެގެން ކުޑަކޮޓަރިއެއްގައި ތިން ދަރީން ގޮވައިގެން އުޅޭ ޢަލީ ޝަމީމަށް އަޅައިދޭ ގެއެކެވެ.


ހިދުމަތް ޖަމިއްޔާއަކީ ހާލުގައި ޖެހިފައިވާ ނުވަތަ ކެރިފޯރުންތެރިކަން ނުހުންނަ ފަރާތްތަކަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އުފައްދައި، އަދި އެ މަސައްކަތް ވަރަށް އެދެވޭ ގޮތެއްގައި ކުރަމުން އަންނަ ފަތާތެއްކަން ފާހަގަކޮށްލެވެއެވެ.


އެގޮތުން އދ. ފެންފުށި އިބްރާހިމް މުހައްމަދަށް މަސްނޫއީ ފަޔެއް ޖަހައިދީފައިވާއިރު، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް ވެސް ދިވެހީންގެ ދެމުންދާ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ.


އެހީތެރިކަން ފޯރުކޮށްދެއްވުމަށް:

އެކައުންޓް ނަމްބަރު (ރުފިޔާ): 7770000129941

އެކައުންޓް ނަމްބަރު (ޑޮލަރު): 7770000129944


ކިޔުންތެރިންގެ ހިޔާލު