މި ސަރުކާރަށް ގައުމުގެ އިގްތިސާދު މެނޭޖުކުރާކަށް ނޭނގެ: ފައްޔާޟު

3 months ago

އަފްރާހް

ޕީއެންސީން ރިޔާސީ ވައުދާ ހިލާފުވެއްޖެ ކަމުގައި ސިޔާސީ އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.


އެ ޕާޓީން މިފަދައިން ބުނީ އެ ޕާޓީގެ ޗެއަރޕާރސަން އަލް އުސްތާޛު ފައްޔާޟު އިސްމާއިލް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެމަނިކުފާނިު މިފަދައިން ވިދާޅުވެ، ޕޯސްޓެއް ކުރައްވާފައިމިވަނީ މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހޭދަކުރާ އަދަދު ހާމަކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެންނެވެ.


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މި މައްސަލައިގާ މީކާއީލް ވިދާޅުވީ ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން، އެއްވެސް ހައްދެއް ނެތި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ މަގާމުތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭފުޅުން އައްޔަންކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުސާރައިގެ ގޮތުގައި ހޭދަކުރަން ޖެހޭ ވަރު ބޮޑުވެ، ކުންފުނިތަކަށް ގެއްލުން ވަމުންދާ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.


އެހެންނަމަވެސް މި މައްސަލައިގައި ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓާ އެކު މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.


މިކަމާއިގުޅިގެން ފައްޔާޟު 'އެކްސް' ގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައިވީ ވައުދާ ހިލާފަށް، ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވެ، ދައުލަތުގެ ހަރަދު ނުތަކާ ވަރަށް ގޮސްފައިވާ ކަމަށެވެ.


މީގެ އިތުރުން ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގްތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ހާމަނުކުރާނެ އެއްވެސް ކަމެއްނޯންނާނެ ކަމަށް ވައުދުވި ކަމަށް ވެސް ފައްޔާޟު ވަނީ ހަނދާންކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ވ

މޑޕއަށްއެގޭލެއް ބޮޑުކަމުންތަ ނުތަކާ ަރަށް ގައުމު ދަރުވާލީ އަޖާބެއްތީ އެގިހުރެ ގައުމު ފަނާކުރިކަން މޑޕ ސަރުކާރުގާ އިސްކޮން އުޅުނު އެއްމެންޖެހޭނެ ޖޫރިމަންކޮއްފަ ބަށްދުކުރަން

3 months ago