ސްޓޭޓް މިނިސްޓަރ ފެންވަރުގައި 3 ގައުމަކަށް ސަފީރުން އައްޔަންކުރައްވައިފި

3 months ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފިއެވެ.


ސަފީރުން އައްޔަން ކުރައްވާފައިވަނީ ބަންގްލަދޭޝް، ތުރުކިޔޭ އަދި ޕާކިސްތާނަށެވެ.


އެގޮތުން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝް އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި އައްޔަން ކުރެއްވީ ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދުއެވެ. ރިޕަބްލިކް އޮފް ތުރުކިޔޭ އަށް އައްޔަން ކުރެއްވީ ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއެވެ. 


މީގެއިތުރުން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި އައްޔަންކުރައްވާފައިވަނީ ނ. ހޮޅުދޫ އުފަންވެލި އަލްއުސްތާޛު މުޙައްމަދު ޠާހާ މިއެވެ.


މި ތިން ބޭފުޅުން ވެސް ސަފީރުކަމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު