ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އެއްބަސްވުމެއް

3 months ago

އަފްރާހް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ފައިސަލް އިބްރާހީމެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދެވެ.


މިކަމާއިގުޅިގެން މާބޮޑު ތަފްސީލެއް މިހައިތަަނަށް ހާމަކުރައްވާފައި ނުވިނަމަވެސް މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 


މީގެއިތުރުން ރާއްޖެ އިޝްތިހާރުކުރުމަށް އިމިގްރޭޝަނުގެ ޑިޖިޓަލް ޕްލެޓްފޯމު މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލެއް ކުރިއަށް އޮތް މުސްތަގުބަލުގައި ގެނުވާނެ އެއްބަސްވުމެއްގެ ގޮތުގައި ވެސް މި އެއްބަސްވުން ހިމެނޭކަމަށް އެ ދެފަރާތުން ކުޑަގޮތަކަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު