ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް

3 months ago

އަފްރާހް

ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފިއެވެ.


މި ފާމަސީ ހުޅުވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖުލައި 10 ވަނަ ދުވަހުގެ ރެއެވެ. މި ފާމަސީ ހުޅުވައިދެއްވީ އެ ކުންފުނީގެ ޗެއަރމަން އާމިރް މަންސޫރްއެވެ.


އެސްޓީއޯ އިން ވިދާޅުވީ މިއީ އެހެން ފާމަސީތަކާއި ތަފާތުކޮށް، ޒަމާނީ ބަދަލުތަކާއެކު މޮޑަން ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެއް ކަމަށެވެ.


މި ފާމަސީން ބޭހާއި ހޮސްޕިޓަލު އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އިކިއުޕްމެންޓްސް އާއި ޕަރސަނަލް ކެއަރ ރޭންޖުގެ ވަރަށް ގިނަ ތަކެތި ލިބެންހުންނާނެ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން އެ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެތީވެ، މި ފާމަސީއާއިއެކު ދަރުމަވަންތަ އަދި އައިޖީއެމްއެޗް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެއެވެ.


މި ފާމަސީ ހުންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތްފަރާތަށެވެ. 


ކިޔުންތެރިންގެ ހިޔާލު