ރާއްޖޭގެ 20 އިމާމުން ބުރޫނާއީ އަށް

3 months ago

އަފްރާހް

ރާއްޖޭގެ 20 އިމާނުން ތަމްރީނުވުމަށް ބުރޫނާއީ އަށް ފުރައިފިއެެވެ.


މިއީ ބޭރު ގައުމުތަކުގައި އިސްލާމްދީނުގެ ދާއިރާއިން ތަމްރީނު ހޯދުމުގެ ފުރުސަތުގެ ދަށުން އެ ގައުމަށް ފުރި އިމާމުންނެވެ.


މިފަރާތްތަކާއެކު އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ 3 ވަނަ ފަހަރު ކަމަށާއި މިއަހަރު 60 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ.


މީގެއިތުރުން އިމާމުންގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިއަހަރު އިންޑޮނޭޝިއާ، މެލޭޝިއާ އަދި ކުވައިތަށް އިމާމުން ދަތުރުކުރުމަށް ހަމަޖެހިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.


މި އިމާމުންނަށް ބާއްވާ ތަމްރީނު އޮންނާނީ ބްރޫނާއީ ދާރުއްސަލާމްގައި ހުންނަ ގައުމީ އިސްލާމީ ޔުނިވަރސިޓީ، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައެވެ.


ރާއްޖެއާއި ރާއްޖެއިން ބޭރުން ޢިލްމުވެރިންނާއި އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއު ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.


މި މަޝްރޫޢުގެ ދަށުން ސަޢުދީ ޢަރަބިއްޔާ، މިޞްރު، މެލޭޝިއާ އަދި ބްރޫނާއި އާއި އިންޑޮނޭޝިއާ އަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.


މިގޮތުން ލިބުނު ފުރުޞަތުތަކުގެ ތެރެއިން މިހާތަނަށް އިމާމުންނާއި ހަތީބުންގެ ތެރެއިން 20 މީހަކު ފެބްރުއަރީ މަހު ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރިއިރު، މިދިޔަ މޭއި މަހު އިތުރު 18 މީހެއް ދެވަނަ ބުރުގައި ސަޢުދީއަށް ގޮސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު