3 days ago
ހަންގޭރީގައި މަތީ ތައުލީމު ހާޞސިލުކުރުމުގެ 25 ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދިވެހި ދަރިވަރުންނަށް "ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަރޝިޕް 2025-2026" ގެ ނަމުގައި ހަންގޭރީގައި މަތީ ތަޢުލީމު ހާޞިލުކުރުމުގެ ޖުމްލަ 25 ފުރުޞަތެއް ހުޅުވާލާފައިވާ ކަމަށެވެ.
މި ސްކޮލަރޝިޕްގެ ފުރުސަތުތަކުގެ ތެރޭގައި، 8 ބެޗްލަރސް ޑިގްރީ، 14 މާސްޓަރސް ޑިގްރީ އަދި 3 ޑޮކްޓަރަލް ޑިގްރީގެ ފުރުސަތު ހިމެނެއެވެ.
"ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަރޝިޕް 2025-2026" އަށް ހުށަހަޅާ ފަރާތްތަކުގެ ކިބާގަައި، އެދޭ ކޯހުގެ ޝަރުތުތަކުގެ އިތުރުން ތިން ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. އެގޮތުން، މިނިސްޓަރީ އިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް، ލޯނެއް ނަގައިފައިވާނަމަ އެ ލޯނު ޤަވާޢިދުން ދައްކާ ފަރާތެއް ކަމުގައިވުން، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮއްފައިވާ ކޯހަށްވުރެ މަތީ ކޯހަކަށްވުން އަދި އެދޭ ފެންވަރުގެ ކޯހާއި އެއް ފެންވަރުގެ ކޯހެއް މިހާރު ދަޢުލަތުގެ ޚަރަދުގައި ފުރިހަމަކުރަމުންދާ ފަރާތެއްކަމުގައިނުވުން ހިމެނެއެވެ.
މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޖެނުއަރީ 2025 ވާ ބުދަ ދުވަހެވެ.
ސްކޮލަޝިޕަށް ސްޓިޕެންޑިއަމް ހަންގޭރިއަމް ވެބްސައިޓް މެދުވެރިކޮށް ހުށަހޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓް އަދި 1474 އަށް މެދުވެރިކޮށް ލިބޭނެއެވެ.
ވެބްސައިޓް: https://myedu.egov.mv/