ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލާއި ރީނދޫ ސަމާލު

5 months ago

އަފްރާހް

މޫސުމާއިބެހޭ ގައުމީ އިދާރާ އިން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލާއި ރީނދޫ ސަމާލު ނެރެފިއެވެ.


އެ އިދާރާ އިން މި ދެ ސަމާލު ނެރިއްވާފައިވަ މިވަނީ ވައިގަދަވެ ކަނޑުތައް ގަދަވާނެކަަމަށް ލަފާކުރައްވާފައެވެ.


އެގޮތުން 25 މޭލާއި 30 މޭލަށް ވައިގަދެވާނެކަމަށް ލަފާކުރައްވައި، ރީނދޫ ސަމާލު ނެރުއްވާފައި ވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. އެއީ މިއަދުގެ 10 ން މެންދުރުފަހު 2:30 އަށެވެ. އަދި ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:30 ން މެންދުރުފަހު 2:30 އަށެވެ.


އެ އިދާރާ އިން ވިދާޅުވީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު ވަނީ ނެރުއްވާފައެވެ.


މީގެއިތުރުން ދިޔަވަރުބޮޑުވާ ވަގުތު އުދައެރުން އެކަށީގެންވާ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާ 8 ފޫޓާ ދެމެދުގައި ކަމަށް ލަފާކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު