7 months ago
ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާރުކޭޓުތަކުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެ ކަމުގައި ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން ކުރެއްވި ފޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެމަނިކިފާނު ވިދާޅުވީ މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލަދެެއްވާނެ ކަމަށެވެ. އަދި ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާރުކޭޓުތަކުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) May 17, 2024
މާލީ މުޢާމަލާތްތަކާއި އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، މިދިޔަ މާރޗު މަހު ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުއާމަލާތުކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހަމަޖައްސަވާފައެވެ،
މީގެއިތުރުން ރާއްޖެއަށް އީ-ވޮލެޓުގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި ވޮލެޓާއެކު ޕޭޕާލް ފަދަ ހިދުމަތްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަކަށް މަގުފަހިވެގެންދާނެއެވެ.