ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުން މާދަމާ ވެސް ކުރިއަށްދާނެ

2 months ago

އަފްރާހް

ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުން މާދަމާ ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.


'އެކްސް' ގައި ވާ ޕޯސްޓެއްގައި ވަނީ މި މަސަައްކަތް ކުރަމުންދާ ވަގުތު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަަމަށެވެ.


އެގޮތުން ބޮޑުރަސްގެފާނު މަގު، ބޮޑުރަސްގެފާނު މަގު ހަނިގޯޅި، ނިރޮޅު މަގު އަދި ޝަބުނަމް މަގު ހިމެނޭ ސަރަޙައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ހެނދުނު 9:30 ން 11:30 އަށް ކަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަމަވެސް ވީއެންމެ އަވަހަކަށް މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިވާމާ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.


އެކުންފުނިން މިފަދަ މަސައްކަތް ކުރާއިރު، ދުރައިލާ ގެންދަވަނީ ރައްޔިތުންގެ ސަމާކަމަށް އެކަން ގެންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު