މުރައިދޫ ބަނދަރު މަސައްކަތް ނިމެނީ

2 months ago

އަފްރާހް

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކާއި ގާތަށް ހިނގައްޖެއެވެ.


އެމްޓީސީސީން ވިދާޅުވީ އެ މަސައްކަތުގެ 90 އިންސައްތަ އާއި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ.


މި މަޝްރޫއުގައި 28,175 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކޮށް، 1,740 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރާނެއެވެ. އަދި 3,817 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ވެސް ފުންކުރާނެއެވެ.


މީގެއިތުރުން 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ ކަަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި 275 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަކީ ވެސް މި މަޝްރޫއުގައި ހިމެނޭ ކަންކަން ކަމުގައި ވިދާޅުވެއެވެ.


އެމްޓީސީސީން އިތުރަށް ވިދާޅުވީ 1933 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި 15 މީޓަރު ދިގު 2 މީޓަރު ފުޅާ 2 ބްރިޖް ހެދުން ވެސް ހިމަނާފައިވާ ކަމަށެވެ.


38.49 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު