ކިޑްސް އިންޓަރސްކޫލު ސްވިމިންގ ފެސްޓިވަލް ނިމިއްޖެ

2 months ago

އަފްރާހް

ބީއެމްއެލް 7 ވަނަ އިންޓަރސްކޫލް ކިޑްސް ސްވިމިންގ ފެސްޓިވަލް ނިމިއްޖެއެވެ.


މި މަހުގެ 23 ވީ އަންގާރަ ދުވަހު ފެށި މި މުބާރާތް ނިމިފައިވަނީ 27 ވީ ހޮނިހިރު ދުވަހުއެވެ.


މިއަހަރުގެ ތިން އުމުރުފުރާގެ ކުދިން ވަނީ ވާދަކޮށްފައެވެ. އެއީ އުމުުރުން 5 އަހަރާއި 6 އަހަރާއި ދެމެދާއި 7 އަހަރާއި 8 އަހަރާއި ދެމެދެވެ. އަދި 9 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ.


މުބާރާތުގެ ވަނަތަކަށް ބަލާއިރު، ކިޑްސް އޭ ގެ އަންހެން ބައިން އެއްވަނަ ހޯދީ ބްރައިޓް ވޭ އިންޓަރނޭޝަނަލް އާއި ޖަމާލުއްދީން ސްކޫލެވެ. މިބައިގެ ފިރިހެން ދެވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. އަންހެން ދެވަނަ ދަރުމަވަންތަ ސްކޫލެވެ. މިބައިގެ އަންހެން ތިންވަނަ ހޯދީ ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީ ސްކޫލެވެ. އަދި ފިރިހެން ތިންވަނަ ހޯދީ ކެންގަރޫ ކިޑްސް އެވެ.


ކިޑްސް ބީ ގެ ވަނަތަކަށް ބަލާއިރު، ފިރިހެން އަދި އަންހެން އެއްވަނަ ޣިޔާސުއްދީން ސްކޫލު ހޯދިއިރު، ފިރިހެން ދެވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. އަންހެން ދެވަނަ ސަލާހުއްދީން ސްކޫލު ހޯދިއިރު، ފިރިހެން ތިންވަނަ ހުރަވީ ސްކޫލް އަދި އަންހެން ތިންވަނަ ހޯދީ އިއްޒުއްދީން ސްކޫލެވެ.


މީގެއިތުރުން ކިޑްސް ސީ ކެޓަގަރީގެ ފިރިހެން އެއްވަނަ ބްރައިޓްވޭ ހޯދިއިރު، އަންހެން އެއްވަނަ ހޯދީ ޣިޔާސުއްދީންއެވެ. މިބައިގެ ފިރިހެން ދެވަނަ ވެސް ޣިޔާސުއްދީން ހޯދިއިރު، އަންހެން ދެވަނަ ލިބުނީ ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލަށެވެ. އަދި ފިރިހެން ތިންވަނަ ރެހެންދި ސްކޫލު ހޯދިއިރު، އަންހެން ތިންވަނަ ހޯދީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ.


ކިޔުންތެރިންގެ ހިޔާލު