ނަޓްސް - ކުޑަކުދިންގެ ވިސްނުން ތޫނުކޮށްދޭ: ދިރާސާ

2 months ago

އަފްރާހް

ނަޓްސް އަކީ ސިއްހީ ގޮތުން ފައިދާ ހުރި އެތައް މާއްދާއެއް ހަށިގަނޑަށް ލިއްބައިދޭނެ އެއްޗެކެވެ. މިއީ ވިޓަމިންސް އާއި މިނެރަލްސް އާއި އެންޓިއޮކްސިޑަންޓްތަކާއި ހެލްތީ ފެޓާއި ފްރޮޓީނާއި ފައިބާ އިން ވެސް މުއްސަނދި ބާވަތެކެވެ.


އެހެންކަމުން ކުޑަކުދިންނަށް ވެސް ނަޓްސް ކާން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ ނަޓްސް އަކީ ކުދިންގެ ވިސްނުން ތޫނުކޮށް ދޭ އެއްޗެކައް ވާތީއެވެ. މި ސަބަބާ ހުރެ ތުއްތު އިރުއްސުރެ ކުދިންގެ ކާނާގެ ތެރޭގައި ނަޓްސް ހިމެނުމަކީ މުހިއްމު ކަމެކެވެ.


މީގެިއތުރުން އުމުރުން ތިން އަހަރުން ފެށިގެން ކުދިންނަށް ނަޓްސް ކާން ދޭން ފެށިދާނެއެވެ. އަދި އެއަށް ވުރެ ތުއްތު ކުދިންގެ ކާނާ ތައްޔާރުކުރާ އިރު ވެސް، ނަޓްސްގެ ބާވަތްތައް ހިމެނިދާނެއެވެ.


ދިރާސާތަކުން ދައްކާ ގޮތުގައި ޅަ އުމުރުން ފެށިގެން އާންމުކޮށް ނަޓްސް ކާ ކުދިންގެ ވިސްނުން ތޫނެވެ. ނަޓްސް ކާ ކުދިންނާއި އަޅާ ބަލާއިރު، ނަޓްސް ކާ ކުދިންގެ ވިސްނުން ތޫނުކަމަށް ދިރާސާތަކުން ދައްކައެވެ.


އެގޮތުން ދުވާލަކަށް ދެވޭ 30 ގްރާމްގެ ނަޓްސް އިން އެ ދުވަހަކަށް ކުދިންނަށް ބޭނުންވާ ވިޓަމިންގެ އީގެ 36 އިންސައްތަ ފޯރުކޮށްދޭ ކަމަށް ދިރާސާއިން ދައްކައެވެ. އަދި ދުވާލަކަށް ބޭނުންވާ ފައިބަރުގެ 16 އިންސައްތަ ވެސް ނަޓްސް އިން ފޯރުކޮށްދޭކަމަށް ދައްކައެވެ. ހަމަމިއާއެކު ދުވަހަކަށް ބޭނުންވާ ޕްރޮޓީނުގެ ހަތަރު ގްރާމް ވެސް ލިއްބައިދޭނެ ކަމަށް ދިރާސާތަކުން ދައްކައެވެ.


މީގެ އިތުރުން ވެސް ކުދިންނަށް ނަޓްސް ދޭން ޖެހޭ ގިނަ ސަބަބުތަކެއް ހުރިއިރު، އޭގެ ތެރޭގައި ނަޓްސް ކެއުމުން ކޮލެސްޓްރޯލް ދަަށްކޮށްދޭން މަގުފަހި ވުމާއި ލޭގެ ޕްރެޝަރު ރަނގަޅު ކޮށްދިނުން ހިމެނެއެެވެ. އަދި ހަކުރު ބައްޔާއި ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށް ދިނުމާއި ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް ދިނުމާއި ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ދިނުން ހިމެނޭ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު