ތަޒްކިޔާގެ ރެކޯޑު ލިސްޓަށް އަނެއްކާވެސް ކުރިއެރުން

2 months ago

އަފްރާހް

ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުޞާދު އަނެއްކާ ވެސް ގައުމީ ރެކޯޑެއް އައުކޮށްފިއެވެ.


މި ރެކޯޑު ވެސް އޭނާ އައުކުރީ ސްރީލަންކާގައި މިހާރުކުރިއަށްދާާ، އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައެވެ.


މި މުބާރާތުގައި އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް ތަޒްކިޔާ އައުކުރީ 02:49.59 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


މިއިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިރާލް ޢައިން ލަތީފްއެވެ. އެއީ މިއަހަރު ކުރީކޮޅު ޔޫކޭ ގައި ބޭއްވި ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި 02:50.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ތަޒްކިޔާ ވަނީ 200 މީޓަރ ބެކްސްޓްރޯކް އަދި 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑު ވެސް އައުކޮށްފައެވެ. އަދި އަދި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު