ސިންދޫގެ ތަޖުރިބާ އިން ނަބާ ހޯދީ ފިލާވަޅު

2 months ago

އަފްރާހް

ޕެރިހުގައި މިހާރުކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ހިމެނޭ ބެޑްމިންޓަންގައި ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.


އޭނާ ވާދަކުރީ އިންޑިއާގެ ޕީވީ ސިންދޫ އާއެވެ. މި މެޗު ފަސޭހަކަމާއެކު ސިންދޫ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-09 އަދި 21-06 ންނެވެ.


މި މެޗު ސިންދޫ ކާމިޔާބުކުރިއިރު، އޭނާ ވަނީ ބެޑްމިންޓަނުގައި މިހައިތަނަށް ހޯދާފައިވާ ކާމިޔާބީތަކާއި ލިބިފައިވާ ތަޖުރިބާތަކުގެ ބޭނުން ވަރަށްރަނގަޅަށް ހިފާފައެވެ. އަދި މި މެޗުން ބަލިވިކަމުގައިވިޔަސް ސިންދޫގެ ތަޖުރިބާއިން ނަބާހާ ވަނީ ފިލާވަޅުތަކެއް ލިބިގަނެފައެވެ. އެގޮތުން ފުރަތަމަ ސެޓުގައި ވެސް ވަނީ ސިންދޫ ހާސްވާވަރުގެ ކުޅުމެއް ދައްކާފައެވެ.


ދުނިޔޭގެ ރޭންކިންގ ގެ 111 ވަނައިގާ އޮތް ނަބާހާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެން ކުޅެންޖެހޭނީ އަންހެން ސިންގަލްސްގެ ދުނިޔޭގެ 73 ވަނައަށް ލިސްޓުކޮށްފައިވާ އެސްޓޯނިއާގެ ކްރިސްޓިން ކޫބާއާއެވެ.


އިންޑިއާގެ ސިންދޫ އަކީ އަންހެނުންގެ ބެޑްމިންޓަން ސިންގަލްސްގައި ދުނިޔޭގެ ރޭންކިންގ ގެ 13 ވަނައިގާވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2018 ވަނަ އަހަރު އޮތް ކޮމަން ވެލްތު ގޭމްސްގެ ސިންގަލްސް ރިހި މެޑަލް ހޯދައި، 2022 ވަނަ އަހަރުގެ މުބާރާތުގެ ލޯ މެޑަލް ވެސް ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު