ލަންކާގައި އޮތް ފެތުުމުގެ މުބާރާތުގައި ރާއްޖެއަށް ބޮޑު ކާމިޔާބެއް

4 months ago

އަފްރާހް

ސްރީލަންކާގައި ކުރިއަށްދިޔަ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިންގެ އިންޑިވިޖުއަލް ހުނަރާއެކު، ޓީމަށް ވެސް ބޮޑު ކާމިޔާބީއެއް ވަނީ ހާސިލުކުރެވިފައެވެ.


އެގޮތުން ޖޫނިއަރ ކެޓަގަރީގެ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުން ސިލްވަރ މެޑަލް އަމްނާ ތަޒްކިޔާ މިރުޞާދު ހޯދިއިރު، މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ 3 ބްރޯންޒް އާއި ދެ ސިލްވަރ މެޑަލް ހޯދާފައެވެ.


މިއީ މިމުބާރާތުގައި ތަޒްކިޔާ ހޯދި 3 ވަނަ މެޑަލް އެވެ. ފުރަތަމަ ހޯދާފައިވަނީ 100 މީޓަރ ފްރީސްޓައިލް އިވެންޓުން ބްރައުންޒް މެޑަލްއެކެވެ. ދެވަނައަށް ހޯދާފައިވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓުން ސިލްވަރ މެޑަލް އެކެވެ. އަދި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އަދި 4 ގުނަ 50 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނެއެވެ.


މި މުބާރާތުގައި ވާދަކުރި ޖޫނިއަރ އަންހެން ޓީމުން 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓު 02:08.38 އިން ނިންމައި، ޤގައުމީ ރެކޯޑް ވަނީ އައުކޮށްފައެވެ. މިޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ.


މި އިވެންޓު ދިވެހި ފެތުންތެރިން އެންމެ ފުރަތަމަ ފަތާފައިވަނީ ހަމަ މިމުބާރާތުގައި މިޓީމުން، ޕްލިމިނަރީ ހީޓްގައެވެ. އެފަހަރުގެ ވަގުތަކީ 02:08.42 އެވެ.


މި މުބާރާތުގައި ޖޫނިއަރ ނެޝަނަލް ކެޓަގަރީގެ 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ބްރޯންޒް މެޑަލް ހޯދިއިރު، މި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ.


މި އިވެންޓު ފެތުންތެރިން ނިންމާފައިވަނި 02:08.38 އިންނެވެ. މިއީ ޤައުމީ ރެކޯރޑެކެވެ. މި މުބާރާތުގައި މިޓީމުން ވަނީ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ވެސް ބްރޯންޒް މެޑަލް ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު