މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ހޯދައިދިނުމަށް އެންމެކުރީގައި ހުންނާނަން: މޭޔަރު އާޒިމް

2 months ago

އަފްރާހް

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަަލަ އަބަދު ވެސް އޮންނާނީ ތާވަލުގެ އެންމެކުރީގައި ކަމުގައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.


މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ނުވަތަ މާލޭގެ ރަށްވެހިންގެ ބޯހިޔާ ވަހިކަމުގެ މައްސަލައަކީ މާލެއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށެވެ.


ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ބައްދަލުވުމުގައި އާޒިމް ވަނީ ވޭތުވެ ދިޔަ ސަރުކަރުން މި ކަންހައްލުކުރުމަށް މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، ޝުކުރުއަދާކުރައްވާފައެވެ. އަދި މި ސަރުކާރުން ވެސް އެ މަސައްކަތް ކުރިޔަށް ގެންދާކަން އުފަލާއެކު ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިން ހޯދައިދިނުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތަށް، ހުއްޓުމެއް މަޑުޖެހުމެއް ނުގެނެސް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. އަދި އެ މަސައްކަތުގައި އެންމެ ކުރީގައި އެމަނިކުފާނު އަބަދު ވެސް ހުންނަވާނެކަމަށް ވެސް ވިދާޅުވިއެވެ.


އާޒިމް އިތުރަށް ވަނީ އިންސާނަކަށް ލިބެންޖެހޭ އަސާސީ ހައްގުތަކުގެ ތެރެއިން ބޯހިޔާވަހިކަމަކީ ވަރަށް މުހިއްމު ހައްގެއްނަމަވެސް އެ ހައްގުން މަހްރޫމުވެ، މާލޭގެ މަގުމަތީގައި ނިދާ މީހުންގެ ޢަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކްނަ ވެސް ފާޙަގަކުރައްވާފައެވެ. އެހެންކަމުން މިއީ މާލެ ސިޓީއަށް މިއަދު ކުރިމަތިވެފައިވާ، ހިތާމަ ކުރަންޖެހޭ ބޮޑު މައްސަލައެއް ކަމަށާއި މި މައްސަލަ ހައްލުކުރުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު