ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން އައްޔަންކޮށްފި

3 hours ago

އަފްރާހް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން އައްޔަނުކުރައްވައިފިއެވެ.


އެމަނިކުފާނު، މި ހަތަރު މެންބަރުން އައްޔަނުކުރައްވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.


ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރައްވާފައިވަނީ ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު، އިބްރާހީމް ޝަރީފް، ގ. އަލިޝާ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ އަދި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް އެވެ.


ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ހަތަރު މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.


ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓައިބިއުނަލަށް މި ހަތަރު މެންބަރުން އައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ މި ހަތަރު ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު