އަތަމާ އަބްދުއްލަތީފް ނިޔާވެއްޖެ

2 months ago

އަފްރާހް

އަތަމާ އަބްދުއްލަތީފް ނިޔާވެއްޖެއެވެ.


ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަތަމާ އަބްދުއްލަތީފް ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި އެންދުމަތިކޮށްގެން ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެެވެ.


އަބްދުއްލަތީފް އެނދުމަތިކޮށްގެން ފަރުވާދީފައިވަނީ ސީދާ ކޮން ބައްޔަަކަށް ނޭނގުނުނަމަވެސް އޭޑީކޭ ފަރުވާދެމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އޭނާ ނިޔާވިކަން އެ ހޮސްޕިޓަލުން 'އޮއިވަރު' އަށް ވަނީ ޔަގީންކޮށްދެއްވާފައެވެ.


ވިޔަފާރީގެ އިތުރުން އަބްދުއްލަތީފަކީ ހައްޖާއި އުމްރާ އަށް ރާއްޖެއިން މީހުން ގެންދިއުމުގައި ވެސް ޒަމާނުއްސުރެ އިސްކޮށް އުޅުއްވައި، ޢަމަލީގޮތުން ވެސް އެކަމުގައި އުޅުއްވި ފަރާތެކެވެ. އެގޮތުން 'އަތަމާ ހައްޖު އެންޑް އުމްރާ ގްރޫޕު' ހައްދަވައި، ރާއްޖޭގެ ގިނަ ބަޔަކަށް ހިތްހަޖެހުމާއެކު އޭނާ ވަނީ އެ ހިދުމަތް ފޯރުކޮށްދެއްވާފައެވެ.


މި ހިތާމައިގާ 'އޮއިވަރު' މީޑިއާގެ ހުރިހައި މުވައްޒަފުން ބައިވެރިވެ، މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާ ކުރަމެވެ. އަދި އާއިލާ އަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް ވެސް ދުޢާ ކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު