ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރުމަށް މާލިއްޔަތު ކޮމެޓީގެ ރުހުން

2 months ago

އަފްރާހް

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަން ކުރުމަށް މާލިއްޔަތު ކޮމެޓީން ރުހުން ދެއްވައިފިއެވެ.


މާލިއްޔަތު ކޮމިޓީގައި ޖުލައި 29 ވީ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން، މުނައްވަރާއި އިންޓަވިއުކުރެއްވުމަށް ފަހު، 70 އަށް ވުރެ ގިނަ މާކްސް ލިބިވަޑައިގަތް ކަމަށް ވިދާޅުވެ އެ މަގާމަށް އޭނާ އައްޔަންކުރަން ފެންނަ ކަމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.


މުނައްވަރަށް އެވަރެޖްކޮށް ލިބިވަޑައިގަތީ 94.73 މާކުހެވެ.


އެހެންކަމުން ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރަން ނިންމައިފައެވެ. އެކަމަކު މުނައްވަރު އެ މަގާމަށް އައްޔަންކުރަން ރައީސަށް ލަފާ އެރުވޭނީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެންނެވެ.


ރާއްޖޭގެ ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ މުނައްވަރު އެ މަގާމަށް އައްޔަން ކުރުމަށް ރުހުން ހޯދަން ފޮނުވީ އެ މަގާމުގައި ހުންނެވި އަލީ ހާޝިމް ވަކިކުރެއްވުމަށްފަހުއެވެ. އެއީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާކަމަށް ވިދާޅުވެ، ހުށަހެޅުއްވުމުންނެވެ.


އެގޮތަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްއެވެ.


ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު