މަތީ ތަޢުލީމުގެ ދާއިރާއިން ނިއުޒީލޭންޑާއެކު ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

2 months ago

އަފްރާހް

ނިއުޒިލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލެންސީ ޑޭވިޑް ޕައިން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތުގައި ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.


މީގެއިތުރުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އޭގެތެރޭގައި ދެ ގައުމުގެ މެދުގައި މަތީ ތަޢއުީމުގެ ދާއިރާއިންނާއި ފަތުރުވެރިިކަމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރެއްވުން ހިމެނެއެވެ.


ރާއްޖެއާ ނިއުޒީލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10ވަނަ ދުވަހުގައެވެ.


ނިއުޒިލޭންޑް ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އެމަނިކފާނު ހުންނަވާނީ ކޮލަމްބޯގައެވެ.


ކިޔުންތެރިންގެ ހިޔާލު