ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ނައިބު ރައީސް އީރާނަށް

5 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް އީރާނަށް ފުރާވަޑައިގެންފިއެވެ.


މިއީ އީރާނުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައި ކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


ނައިބު ރައީސް އީރާނުގެ އިމާމް ޚުމައިނީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެގައުމުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރު އަލާއުއްދިން ބުރޫޖަރްދީއެވެ.


އީރާނުގެ އައު ރައީސް މަގާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި 30 ވަނަ ދުވަހުއެވެ.


ރާއްޖެއިން އީރާނާއެކު ސިޔާސީގޮތުން އަލުން ގުޅުން ގާއިމުކުރީ 2023 މާރިޗް 30 ގައެވެ.


ކިޔުންތެރިންގެ ހިޔާލު