ދަތުގެ ހާއްސަ ޑޮކްޓަރ ސަލީމުގެ ސެޝަނެއް އިސްރަށްވެހިންނަށް

2 months ago

އަފްރާހް

ދަތުގެ ހާއްސަ ޑޮކްޓަރ އަހްމަދު ސަލީމުގެ ސެޝަނެއް އިސްރަށްވެހިންނަށް ބާއްވައިފިއެވެ.


މި ސެޝަން ބާއްވާފައިވަނީ ޖުލައި 29 ވީ ހޯމަ ދުވަހު ހަވީރު 4:15 ގައި އިސްރަށްވެހިންގެ ނާދީގައެވެ.


މާސްޓަރ ޑެންޓަލް ކްލިނިކްގެ ދަތުގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ސަލީމް ނަންގަވައިދެއްވި މިސެޝަންގައި ދަތާއި އަނގައިގެ ދުޅަހެޔޮކަމުގެ މުހިންމުކަމުގެ މައުލޫމާތު އިސްރަށްވެހިންނާއި ހިއްސާ ކުރެއްވިއެވެ.


މީގެއިތުރުން ދަތްތަކާއި ހިރުގަނޑަށް ދިމާވާ މައިގަނޑު މައްސަލަތަކާއި މި މައްސަލަތަކުން ދުރުވާނެ ގޮތްތަކާއި ދެވިދާނެ ފަރުވާތަކާބެހޭ މައުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފައެވެ.


ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދަތުގެ ދުޅަހެޔޮކަމުގެ މުހިންމުކަން މިސެޝަންގައި ކިޔާދީފައިވާއިރު، އަނގައިގެ ކެންސަރަށް މަގުފަހިވާ ސަބަބުތަކާއި ކެންސަރު ޖެހުމުން ސަލާމަތްވުމަށް އަމިއްލަ ދިރިއުޅުމުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް ވަނީ މަަޝްވަރާކޮށް މައުލޫމާތު ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު